- Advertisement -ad image

ޝިޔާމް އަމީނަށް: ތިޔަތިއްބެވީ ކަނޑުވިއްކާލާ ކޮވިޑުގައި އެތައް ވައްކަމެއްކޮށް ދައުލަތް ދަރުވާލި ސަރުކާރާއެކު!

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްއަށް އޮތް އުއްމީދަކީ ގާސިމް ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަމީން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ރައްދު ދެއްވައިފިއެވެ.
ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދިވެސް ތިޔަތިއްބެވީ ދިވެހިންގެ ކަނޑުވިއްކާލާ ކޮވިޑުގައި އެތައް ވައްކަމެއްކޮށް ދިވެހި ދައުލަތް ދަރުވާލި މިޣައްދާރު ސަރުކާރާއެކު ކަމަށެވެ.
އަދި ގާސިމުގެ ރިމޯޓުވެސް އޮތީ ރައީސް ސާލިހުގެ އަތުގައި ކަމަށާއި މީވަރަށް ވާހަކަ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
“ ހެޔޮނުވާނެ ޕީ.ޕީ.އެމްގެ އުންމީދު އަމީން އަޅުގަނޑުމެންނަށް ކިޔައިދެއްވަން ނަހައްދަވާ “ ޝިޔާމު ވިދާޅުވިއެވެ.
ކުރީގެ ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ޕީޕީއެމަށް އޮތް އުއްމީދަކީ ގާސިމު އިބްރާހިމް ކަމަށާއި ގޮތް ދޫނުކޮށް ތިއްބާ ހީނުކުރާ ކަހަލަ ނަތީޖާއެއް ނިކުމެދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ