- Advertisement -ad image

އަލޯރާ ސްޕާ އެންޑް ސެލޫން އިން ބަރަހަނާކޮށް ތިއްބާ ބަޔަކު އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގެ ތެރެއިން ހަށިވިއްކުމުގެ މައްސަލައެއްގައި ބަޔަކު ހައްޔަރު ކުރިއިރު، އެ މީހުން ތިބީ ބަރަހަނާކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
މި މީހުން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގަމުންދިޔަ އެ ސްޕާގައި ހަށިވިއްކަމުން ދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ރޭ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމެންޓާއި އިންްޓަލިޖެންސް އިތުރުން އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ހިތާދޫއަށް ނިސްބަތްވާ 39 އަހަރުގެ ދިވެހި ފިރިހެނަކާއި، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއްގެ އިތުރުން، ތައިލެންޑަށް ނިސްބަތްވާ 34 އަހަރުގެ ދެ އަންހެނަކާއި، ސްރީ ލަންކާއަށް ނިސްބަތްވާ 43 އަހަރުގެ އަންހެެނެކެވެ.

“އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައި ވަނީ ނިވާކަން ކުޑަކޮށް ތިއްބާ”. ފުލުހުން ވިދާޅުވިއެވެ.

މީގެ ތެރެއިން ދިވެހި ދެ ފިރިހެނުންގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބިދޭސީ ތިން އަންހެނުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ