- Advertisement -ad image

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާއި ގުޅޭ ކަންކަން ދަނީ ކުރަމުން – ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަން (އީސީ)އަށް ވެއްދުމާއި ގުޅޭ ކަންކަން ކުރަމުންދާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
އީސީން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލައިފިއެވެ. އީސީން ބުނީ މި އިންތިހާބުގައި ވާދަކުރައްވަން އެދޭ ކެންޑިޑޭޓުން، ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00އިން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް ފުރުމާއި އެއާ ގުޅިގެން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

“ފޯމް ވައްދާ ދުވަސް މީޑިއާތަކަށް އަންގާނަން”. ހީނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ