- Advertisement -ad image

މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލޭގައި ޖުލައި 28 ގައި ހަވާ އަރުވާނެ

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރުގެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރަން ނިންމާ ހުޅުމާލޭގައި ހަވާ އެރުވުންވެސް އޮންނާނެ ކަމަށް ހޯމް މިިނިސްޓްރީން ބުނެފިއެވެ.
އެގޮތުން މިނިވަން ދުވަސް ފާހަގަކުރުމަށް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމާފައެވެ.
އެ މިނިސްޓްރީން ބުނީ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުން، 26 ޖުލައި ން 3 އޯގަސްޓްގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އަދި ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު 26 ޖުލައި 2023 ވަނަ ދުވަހުގެރޭ 8:30 ގައި ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށެވެ.
ޖުލައި 28 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައި ހަވާ އަރުވާއިރު އަދި 28،29 ވަނަ ދުވަހު ޕެރަމޮޓޯގެ ހަރަކާތްތައް ހުޅުމާލެ ސެންޓަލް ޕާރކްގައި އޮންނާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ