- Advertisement -ad image

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވާ މީހަކު ފިހިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ މ.ދިއްލިވިލާ ގޭގައެވެ. އެމްއެންޑީއެފްއިން ބުނީ މިހާދިސާއަކީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ހާދިސާއެއް ކަމަށް ބެލެވޭކަމަށެވެ. އުނދުން ރޯކުރަން އުޅުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާ ކަމަށް މައުލޫމާތުލިބެއެވެ. މިމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން އަންނަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް އަޅާފައި ނުހުންނާތީ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ ރ.މަޑުއްވަރީގައެވެ. އެހާދިސާގައި އަނިޔާވި އިންޑިއާގެ ނަރުސް މީހާގެ 40 އިންސަތަ ފިހި އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ވަނީ ފޮނުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ