- Advertisement -ad image

އިންތިހާބާއި ބެހޭ ކަންބޮޑުވުންތައް އިދިކޮޅުން އިނގިރޭސި ސަފީރާއި ހިއްސާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު ޕީޕީއެމުން އިނގިރޭސީ ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު، ކެރޮން ރޮސްލާއާ ހިއްސާކޮށްފިއެވެ.
ޕިއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ، އިނގިރޭސި ސަފީރާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ސިޔާސި މަޝްރަހުގައި ހިނގަމުން އަންނަ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.
އެގޮތުން ސަރުކާރުން ދަނީ ޝަރުޢީ ދާއިރާއާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ކަމަށާއި، އެފަދަ ނުރަނގަޅު ސިޔާސީ ކަންތައް ނިމުމަކަށް ގެނައުމަށް ސައީދުވަނީ ގޮވާލާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލިއިރު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ހުންނެވީ އަފިވެސް ޖަލުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ