- Advertisement -ad image

ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ އެސްޖީ މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވަނީ އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭކަމަށެވެ.
ރައީސް ޔާމީންގެ އންތިހާބީ އެޖެންޓު ކަނޑައެޅި ނަމަވެސް އެމަނިކުފާނުގެ ރަނިންމޭޓަކަށް އަދި ބޭފުޅަކު ހަމަ ނުޖައްސަވައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، އިދިކޮޅު ކޯލިޝަނަށް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމާމެދު ސުވާލު އުފެދިފައިވުމެވެ. އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ