- Advertisement -ad image

ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކު އަދި ކަނޑައެއްނާޅާ: ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ރަނިން މޭޓަކު އަދި ކަނޑަނާޅާކަމަށް އެ ޕާޓީން ބުނެފިއެވެ.
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކައާ ގުޅޭ ގޮތުން އެ މަނިކުފާނުގެ އިންތިހާބީ އެޖެންޓު، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަނިންގ މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށްވީނަމަވެސް، ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ލީޑަރޝިޕްގައި އެދިވަޑައިގެންފައިވާކަމަށެވެ.

އެހެންނަމަވެސް، ރަނިންގމޭޓު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވާތީ ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން އެ ލީޑާޝިޕްގެ އިއްތިފާޤުން ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާކަމަށެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުތަކުގައި އެމަނިކުފާނު ސޮއިކުރައްވައި ފޯމުތައް ޕީޕީއެމާ ހަވާލުކުރައްވައިފިކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ