- Advertisement -ad image

ޕީޕީއެމްގެ އަޒުމަށް ގުޑުމެއް އައިސްގެން ނުވާނެ، ރައީސް ޔާމީން އެ ކުރައްވަނީ ޖިހާދެއް: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް ޔާމީން އެ ކުރައްވަނީ ވަރުގަދަ ޖިހާދެއް ކަމަށާއި ޕާޓީގެ މެމްބަރުންގެ އަޒުމަށް ގުޑުމެއް ނައިސް އެކަތިގަނޑެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށް މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިވަގުތަކީ ޕީޕީއެމްގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި، އެއް އަޒުމެއްގައި އެކުވެރިކަމާއެކީގައި ތިބެންވީ ވަގުތެއް ކަމަށާއި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށެވެ.
ޕީޕީއެމް ތެރެ ބައިބައި ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އޭގެ ބޭނުމަކީ މި ބަދަހި ސަފުތައް ރޫޅާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދުޝްމަނުން ބޭނުން ވާނީ އެކަން ހާސިލް ކުރަން ކަމަށްވީ އިރު، އެހެން ވިޔަ ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ