- Advertisement -ad image

ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް މަޤާމުގެ ކުރިއެރުން ދީފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް މިއަދު މަޤާމުގެ ކުރިއެރުން ދީފިއެވެ.

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ބޭފުޅުންނަކީ މޭޖަރ ޖެނެރަލްގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމުން މޭޖަރ ޖެނެރަލްގެ މަޤާމަށް، މަޤާމުގެ ކުރިއެރުން ދެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މީގެ އިތުރުން މޭޖަރ ޖެނެރަލްގެ މަޤާމަށް ކުރިއެރުން ދެއްވި ދެބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.
ބަންޑާރަކޮށީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަޤާމުގެ ރޭންކް، ރައީސް ސާލިހު ޙަވާލުކޮށްދެއްވާފައިވާއިރު، މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު މާރިޔާ ދީދީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ