- Advertisement -ad image

ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް ގުޅިގެން މަސައްކަތް ކުރުންވެސް އޮތީ މިނިވަންކަމާއި ގުޅިފައި: މާރިޔާ

ad image

ގުޅުންހުރި ލިޔުންތައް


ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މާރިޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަލަމާތާ ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ ކަމަށެވެ.
އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަދުލު އިންސާފު ގާއިމްވުމަކީ ވެސް ގައުމުގެ މިނިވަންކަމާ ގުޅިފައިވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިނިވަން ދުވަހަކީ ދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި، ދިވެހި ވަންތަކަން ދެމެހެއްޓުމަށް ހިތްވަރުގަދަ އެތައް ބަތަލުންތަކެއް ވެވަޑައިގެންނެވި އަގު ނުކުރެވޭ ބޮޑު ގުރުބާނީ ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިވަން ކަމަކީ ހަމައެކަނި އަސްކަރީ ބާރާ ގުޅިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ މުޅި ދިވެހި މުޖްތަމައުއާ ދިވެހި ކޮންމެ ރައްޔިތަކާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ