- Advertisement -ad image

ރައީސް ސާލިހު ގެންދަވަނީ މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯދުމަށް ވަކިމީހަކު ބޭނުންކުރަމުން: ޑރ. ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހަނުހުރުމަކީ ހަކުރު ވިއްކުމަށް އެމަނިކުފާނު ތާއިދު ކުރާކަމުގެ ދަލީލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ރައީސް ސޯލިހް ހަކުރު (މަސްތުވާތަކެތި) ވިއްކަން ތާއިދު ކުރައްވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓެއްގައެވެ.
ޑރ ޖަމީލް ވިދާޅުވީ މިއީ ޔޯލަ ވާހަކައެއް ނޫން ކަމަށާއި ރައީސް ސާލިހު ދީނީ ކާޑު ކުޅެން އަދާލަތު ބޭނުންކުރާގޮތަށް، މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯދުމަށް ވަކިމީހަކު ބޭނުންކުރާ ކަމަށެވެ.
އަދި ބެރުޖަހަމުން އެމީހަކަށް މަރްޙަބާ އިއްޔެކީ މީހާގެ ވާހަކަ ޖޯކަކަށް ނުވާނެ ކަމަށާއި ރައީސް ސާލިހުގެ ހަނުހުރުމަކީ މިކަމުގެ ފުރިހަމަ ދަލީލެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ރައީސް ސާލިހު އަށް މިފަދަ ތުހުމަތެއް ރައީސް ނަޝީދު ކުރެއްވީ ރައްޔިތުންގެ މަޖްލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ދެއްކެވި ވާހަކަ ފުޅަކާ ގުޅުވައިގެންނެވެ.
ރައީސް ނަޝީދު އިޝާރާތް ކުރެއްވީ, ސީއެންއެމްގެ ޓީވީ ޕްރޮގްރާމެއްގައި ދާދިފަހުން ޖާބިރު ދެއްކެވި ވާހަކަފުޅަކަށެވެ. އެޕްރޮގްރާމްގައި ޖާބިރު ވަނީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވިއްޖެނަމަ މެޑިކަލް މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސެންސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ