- Advertisement -ad image

ފިތިގެން ދިޔައިރުވެސް ރައީސް ސާލިހުގެ ގައިން އައީ މާމުއި: ސިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް “ފިތިގެން” ދިޔަ ކަމަށާއި އެކަމަކު އެވަގުތު ވެސް ރައީސްގެ ގައިކޮޅުން އައީ “މާމުއި” ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ސިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ވަބާ ރާއްޖެ އަށް އައުމާ ގުޅިގެން “ތިމަންނަމެންގެ ދުވަސް ދަނީ” ކަމަށް ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން އުންމީދު ކަނޑާލި ކަމަށެވެ.
ސިޔާމް ވިދާޅުވި ގޮތުގައި އެ ދުވަހު ވެސް ރައީސް ސާލިހު ދެއްވި ޔަގީންކަމަކީ ވިޔަފާރިތައް ހަލާކުވެ، ބަނޑަށް ޖެހި ނޫޅެވޭ ވަރު ވިޔަކަ ނުދޭނެ ކަން ކަމެވެ. އަދި މުވައްޒަފުންނަށް ދޭނެ ފައިސާ ވެސް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ސިޔާމް ވިދާޅުވިއެވެ.
“އޭރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ ވިސްނުން ތޫނު، ހިކުމަތްތެރި، އަދި އެހާމެ ރައްޔިތުންނަށް އޯގާތެރި ވެރިއެއް. އެ ދުވަހު އަޅުގަނޑުމެން އިންޑަސްޓްރީގައި ތިބި ހުރިހާ އެންމެން ގެންގޮސް ވިދާޅުވީ ތިމަންނަ އިރާދަކުރެއްވިއްޔާ ވިޔަފާރިތައް ހަލާކުވެ، އެންމެން ބަނޑަށް ޖެހި، ނޫޅެވޭ ވަރު ވިޔަކަ ނުދޭނަމޭ،” ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ވިސްނުންތެރި އަމަލުތައް ނެތް ނަމަ، ރާއްޖޭގައި މިއަދު ފަތުރުވެރިކަމެއް ނޯންނާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ