- Advertisement -ad image

ޕީއެންސީން ކެންޑިޑޭޓަކު ނެރެން ނިންމި ވާހަކަ އަކީ ހަގީގަތެއް ނޫން: ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީންވެސް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގައި މަޝްވަރާކޮށް، ކެންޑިޑޭޓަކު ކަނޑަ އެޅުމުގެ އިހްތިޔާރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެއްވާފައިވާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ހަމަޖައްސަވާފައެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރެން ނިންމި ކަމަށް ބުނެ ދައުރުވަމުންދާ ހަބަރުތަކަކީ ރަނގަޅު ހަބަރުތަކެއް ނޫން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގައި މަޝްވަރާ ކުރެވުނު ނަމަވެސް، ކެންޑިޑޭޓަކާއި މެދު ގޮތް ނިންމާފައި ނުވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ، ކެންޑިޑޭޓަކާއި މެދު ގޮތް ނިންމުމުގެ އިހްތިޔާރު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

“މި ދެ ޕާޓީގެވެސް މުހިންމު ނިންމުންތައް ނިންމުމުގައި ލީޑާޝިޕުން ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ލަފާ އާއި މަޝްވަރާ ހޯދާނެ”.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ