- Advertisement -ad image

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާމެދު މިއަދު ގޮތެއް ނިންމާނެ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަަށް އިލެކްޝަނަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމާމެދު މިއަދު ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ކޮމިޝަނުގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދަނީ މިއަދު އިރު އޮއްސި ހައެއް ޖެހުމުގެ ކުރިން ވަކި ގޮތެއް ޕީޕީއެމަށަ އަންގަން ކަމަށެވެ.
އަދި ފޯމުގެ އިދާރީ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަމަށާއި އިލެކްޝަންސްގެ ލީގަލް ޓީމުން އެ ފޯމްގެ ގާނޫނީ ކަންކަން ބެލުމަށް ފަހު މިއަދު ގޮތެއް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ އީސީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުގެ ހައްގު ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވަނީ ހަމައެކަނި ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ