- Advertisement -ad image

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕުރީމް ކޯޓަށް ދަނީ

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީންގެ ކެނޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދިވެހީންގެ އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އީސީއަށް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ.
އަދި އީސީގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ކަބަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެނޑިޑަސީގެ ސައްހަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ދެންނެވީމެވެ”. އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވި ކެނޑިޑެސީ ފޯމް ބަލައިނުގަތުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެ ކޮމިޝަނުން ބުނީ، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ގަބޫލު ނުކުރަން ނިންމާފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަަށް (11 އަހަރު ދުވަހު) ގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އައިސްފައިވާވުމާއެކު، މި ހުކުމް ތަންފީޒު ކޮށް ނިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލެމުން އެނގެން އޮންނާތީ ކަމަށެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ