- Advertisement -ad image

ރައީސް ޔާމީން ޑރ މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންނެވި މާލެ ސިޓީގެ މޭޔަރު ޑރ މުއިއްޒުއަށް ތާއީދު ކުރައްވަން ރައީސް ޔާމީނު ނިންމަވައިފިއެވެ.
ޕީޕީއެމްގެ އެސްޖީ ތޮލާލު ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި ޢާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމާއި، ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާ، ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.


އަދި މިކަން ހާމަކުރައްވާ ޑރ ޖަމީލްވެސް ވިދާޅުވީ ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައި ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ އޭނާގެ ފުރިހަމަ ތާއީދު ޑރ މުއިއްޒު އާއި ރަނިންމޭޓު ސެމްބެއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަން މިވަގުތު ހިންގެވުމާ ހާލުވެ ހުންނެވި އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާ ލޮބުވެތި ރައްޔިތުންގެ ބުރަމަސައްކަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އިދިކޮޅުގެ ކެންޑިޑޭޓު ޑރ މުއިއްޒު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ