- Advertisement -ad image

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުއިއްޒުގެ ކެނޑިޑެސީ ބަލައިގަންފި

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުން ޑރ މުއިއްޒުގެ ކެންޑިޑެސީ ބަލައިގަންފިއެވެ.
ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޑރ.މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދުއެވެ.
ޑރ.މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވަނީ ރައީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ މުޅި ލީޑާޝިޕުގެ ތާއީދާއެކުއެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންވަނީ ޑރ.މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތެއް ކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.
ޑރ.މުޢިއްޒުގެ ކެންޑިޑެސީ ބަލައިގަނެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އޭނާގެ ޝަރުތު ފުރިހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަމުގެ ލިޔުން ޕީއެންސީއަށް މިހާރު ފޮނުވާފައިވެއެވެ. ޑރ.މުޢިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ