- Advertisement -ad image

ޑރ މުއިއްޒު އާއި ސެމްބެ އަކީ ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދެބޭފުޅުން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ލަތީފް އަކީ ރައީސް ޔާމީން އެންޑޯޒް ކުރައްވާފައި ތިއްބެވި ދެ ކެނޑިޑޭޓުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް މަސައްކަތް ކުރަމުން އައީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ފުރުސަތު ހޯދައި ދެވޭތޯ ކަމަށެވެ. ނަމަވެސް މި އަނިޔާވެރި ސަރުކާރުގެ ސަބަބުން އެކަމެއް ނުކުރެވުނު ކަމަށާއި އެހެންކަމުން އެބޭފުޅުން ނިކުމެތިބީ، ރައީސް ޔާމީން ކުރިއަށް ވަޑައިގަތުމަށް އެންގުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ، ގައުމާއި ރައްޔިތުންނަށް އިސްކަން ދެއްވައި އިންތިހާބުގައި އެބޭފުޅުން ވާދަ ކުރުމަށް ފުރުސަތު ދެއްވީތީ އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެބޭފުޅުންގެ މައިގަނޑު މަސައްކަތަކަށްވާނީ ރައީސް ޔާމީން މިނިވަންކޮށް، އަލުން އަނބުރާ އެބޭފުޅުންގެ ސަފަށް ގެނައުން ކަމަށެވެ. އަދި ކެމްޕޭން ހިނގަމުން ދާނީ ވެސް އެމަނިކުފާނުގެ އިރުޝާދާއި ފުރިހަމަ ލާފާގެ މަތިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ