ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެެއްލިގެން ހޯދަމުން ދަނީ އުމުރުން 12 އަހަރުގެ އާއިޝާ ބިން މަޙްމޫދުއެވެ.
އާއިޝާ ގެއްލިފައި ވަނީ އިއްޔެ އިރުއޮއްސި 6ގެ ފަހުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮގަސްޓް 10 ވަނަ ދުވަހުފެރޭ 00:58 އެހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ.



