- Advertisement -ad image

ޑރ މުއިއްޒު އަށް ރައީސް ޔާމީނުގެ ޔޫތު ސިޓީން ހޫނު މަރުހަބާއެއް!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު އަށް ރައީސް ޔާމީނުގެ ޔޫތު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މޭޔަރު މުއިއްޒުގެ ރިޔާސީ ކެމްޕެއިން މިއަދު ފަށާފައިވަނީ ރައީސް ޔާމީނު ހުޅުމާލޭގައި އާބާދުކުރި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރުމަށްފަހުއެވެ.
ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މުއިއްޒު އެ ސަރަހައްދަށް ވަޑައިގެންނެވީ ހަވީރުގެ ވަގުތެއްގައެވެ. މުއިއްޒަށް މަރުހަބާ ދެއްނެވުމަށްޓަކައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ގިނަ ސަޕޯޓަރުން އެ ސަރަހައްދަށް ވަޑައިގަތެވެ. އަދި އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ވެސް ދަންނަވާފައެވެ.


މުއިއްޒުގެ ކެމްޕޭނަށް އެކަމިނުފާނުގެ އަރިހުގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ