- Advertisement -ad image

ހިޔާ ފްލެޓް އަތުލި ފަރާތްތަކަށް އަޅުގަނޑުގެ ވެރިކަމެއްގައި ފްލެޓް ދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރު އިއުލާނުކުރި ފްލެޓް ލިސްޓުގެ ތެރެއިން މި ސަރުކާރުން އައިސް ފްލެޓްތައް އަތުލި ފަރާތްތަކަށް ޑރ މުއިއްޒުގެ ސަރުކާރެއްގައި އަޅާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުއިއްޒު މިފަދައިން ވިދާޅުވީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ހިޔާ ރައްޔިތުންގެ ޝުއޫރުތައް އަޑުއަހައި އެ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެއްވާނެ ކަމަށެވެ.
އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު, ގެދޮރުވެރިކަމަށް މަޑުކުރަންޖެހޭ ރައްޔިތަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ މަތިން ޖަލުން މިނިވަންވެގެންދާނެ ކަމަށެވެ. މުޅި ސަރުކާރުގެ ވެސް ސިޔާސަތުގެ ތެރޭގައި އަނިޔާވެރިކަމާއި ސިޔާސީ ގޮތުން މީހުންނަށް އަނިޔާ ދިނުމާއި ބޭއިންސާފުން ކަންކަން ކުރާތަނެއް ނުފެންނާނެ ކަމަށާއި ފެންނާނީ ގާނޫނީ ވެރިކަމެއް ކުރާތަން ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ