- Advertisement -ad image

ޖަމީލް ގޮވާލެއްވީ އިދިކޮޅު ސަފުތައް ބަދަހިކޮށް ޑރ މުއިއްޒު އިންތިހާބު ކުރަން މަސައްކަތް ކުރުމަށް!

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ޕީޕީއެން/ޕީއެންސީގެ ސަފުތައް ބަދަހިކޮށް އިބޫ ނޫން ގޮތެއް ހޯދުމަށް ޑރ. މުޢިއްޒު އިންތިޚާބު ކުރުމަށް ހީވާގިކޮށް މަސައްކަތް ކުރުމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އިލްތިމާސްކުރައްވައިފިއެވެ.

ޑރ ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށާ ރައީސް ސާލިހުގެ ޙައްދެއް ނެތް އަނިޔާގެ ޓާގެޓަކަށް މިވީ ރައީސް ޔާމީން ކަމަށެވެ.
އަދި އެއީ ވަރަށް ސާފުވާ ކަމެއް ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ. “ މިވަގުތު އެންމެން ގުޅިގެން އިބޫނޫން ގޮތެއް ހޯދުމަށް ޑރ. މުޢިއްޒު އިންތިޚާބު ކުރުމަށް ހީވާގިކޮށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން “ ޑރ ޖަމީލް ވިދާޅުވިއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ކުރެއްވުނު ނަމަ އެމަނިކުފާނުގެ ރަނިންމޭޓަކަށް ވެވަޑައިގަަންނަވާނީ ވެސް ޖަމީލެވެ. ނަމަވެސް ކޯޓް ހުކުމެއް އޮތުމުން ރައީސް ޔާމީނަށް އެ ފުރުސަތު ލިބިވަޑައިނުގަތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ