ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުފުޅެއްގައި ހއ އަދި ހދގެ ރަށްތަކަށް ފުރާވަޑައިގެންފިއެވެ.
އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ މިއަދު ވަޑައިގަންނަވަނީ ހދ ހަނިމާދޫ އަށެވެ.
އޭގެފަހުން ނޮޅިވަރަމް އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް ޑރ މުއިއްޒު އޮޅުންފިލުއްވާނެއެވެ. އަދި ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން މިރޭ އެ ރަށުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ތަރުޖަމާނު ތޮލާލް ވިދާޅުވިއެވެ.
ޑރ މުއިއްޒުގެ މި ދަތުރުފުޅުގައި ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ގެ އިތުރުން ދެ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.



