ހދ ނޮޅިވަރަމް އިން އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.
ޑރ. މުއިއްޒުގެ އަރިހުގައި މި ދަތުރުފުޅުގައި އޭނާގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އަދި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް މިދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވައެވެ.
މިގޮތުން މިއަދު ހަވީރު ޑރ. މުއިއްޒު އެރަށަށް ވަޑައިގަތުމުން އޭނާއާ ޓީމަސް ވަަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.






ހަނިމާދޫއާއި ނޮޅިވަރަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމާއެކު، އެ ރަށްރަށަށް ކޮށްދެއްވާނެ ކަންކަމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފަށައި ނުނިންމައި ހުރި މަޝްރޫޢުތަކާމެދު އަމަލުކުރައްވާނެ ގޮތް ޑރ.މުޢިއްޒުވަނީ ހާމަކުރައްވާފައެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫޢެއް އެމަނިކުފާނުގެ ވެރިކަމުގައި ނިންމަވާނެކަމުގެ ޔަގީންކަން ދެ ރަށުގެ ރައްޔިތުންނަށް ޑރ.މުޢިއްޒު ދެއްވިއެވެ.



