- Advertisement -ad image

މަކުނުދޫއިން ފެނުނީ ބަދަލަކަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ހދ މަކުނުދޫއަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މަކުނުދޫއަށް ޑރ މުއިއްޒު ވަޑައިގަތުމުން މަރުހަބާ ކިޔަން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރަށް ނިކުމެފައެވެ.
ބޮޑުތިލަދުން މައްޗަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ކުރައްވާ މި ދަތުރުފުޅުގައި މިއަދު މަކުނުދޫގެ އިތުރަށް ހޯރަފުއްޓާއި އިހަވަންދޫއަށް ވަޑައިގަންނަވާނެއެވެ.


އެމަނިކުފާނުގެ މިދަތުރުފުޅުގައި ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފު އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ހޮނިހިރު ދުވަހު މުޢިއްޒުއާއި ޓީމުން ހދ.އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން ހަނިމާދޫއާއި ނޮޅިވަރަމާއި ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، އެ ރަށްރަށުގައި ނުނިމިހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވައި އެ މަޝްރޫޢުތައް ނިންމަވާނެ ކަމުގެ ޔަގީންކަން ޑރ.މުޢިއްޒު ދެއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ