ހދ. މަކުނުދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތް ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މަކުނުދޫއަށް ޑރ. މުއިއްޒު ވިދާޅުވީ އެރަށުގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެ އެއާޕޯޓުގެ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
“ އެއީ ސުވާލެއް އޮވެގެން ވާނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ހައިރާންވޭ މި ސަރުކާރުން މި ގޮތަށް މިކަން ކުރާތީ ވެސް.”. ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެއާޕޯޓު އަޅާ ގޮތުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެކަމަށް ރަށުގެ މީހުން ބުނަމުންދާއިރު، އެކަން ދަނީ ރަނގަޅަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.



