- Advertisement -ad image

މަގު ހެދުމަށް އަޅުގަނޑުމެން ވަރަށް ފަރިތަވާނެ، އިހަވަންދޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އިހަވަންދޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދޭނެ ކަމަށާއި މަގު ހެދުން އެއީ ވަރަށް ފަރިތަކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ އިހަވަންދޫގައި ކުރިއަށްދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ސިއްހީ ނިޒާމު ހަރުދަނާކޮށް، އިރާދަކުރެއްވިއްޔާ އިހަވަންދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރުގައި ފައްޓަވާނެ ކަމަށެވެ.
އަދި އިހަވަންދޫގެ މަސްވެރިކަމުގެ ސިނާޢަތު އަލުން ނަގާ ކޮޅަށް ޖަހާދޭނެ ކަމަށާއި ފިޝް ކަލެކްޝަން ސެންޓަރަކާއި، ކޯލްޑް ސްޓޯރޭޖް ނިޒާމެއް އައިސްޕްލާންޓާއެކު އިހަވަންދޫގައި ޤާއިމުކޮށްދެއްވާނެ ކަމަށް ވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އިހަވަންދޫ ކައިރިގައި އޮތް ދިގުފަރު ހިއްކާ، މިރަށުގެ ރައްޔިތުން އެދޭ ގޮތަށް އެރަށަކީ ސިނާޢި މަސައްކަތް ކުރާ ރަށަކަށް ހަދައި، އަދި ދިގުފަރާއި އިހަވަންދޫ ގުޅުވާލަދޭނަން” ޑރ. މުޙައްމަދު މުޢިއްޒު


ޑރ މުއިއްޒުގެ ވާހަކަފުޅުގައި، ގެދޮރުގެ މައްސަލަތައް ޙައްލުކޮށް ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތައް ހިންގާނެ ކަމަށާއި އަދި ގެދޮރު ބިނާ ކުރުމާއި ގެދޮރު ހެދުމަށް ބޭނުންވާ ލުއި ލޯނުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢާންމުވާ ގޮތަށް ތަޢާރަފް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ