އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާއި ކޯލިޝަނުގެ އިސް ބައެއް ބޭފުޅުން ވ،މ،ފ އަދި ދ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެމްޕެއިނުގެ ފުރަތަމަ ދަތުރު ކުރައްވާފައި ވަނީ ބޮޑުތިލަދުންމައްޗަށެވެ. އެގޮތުން އެ ދަތުރުގައި ހއ. ހދ. ގެ ގިނަ ރަށްތަކަށް ޑރ މުއިއްޒު ވަޑައިގެންނެވިއެވެ.




އަދި މިފަހަރު ޑރ. މުއިއްޒުގެ ކެމްޕެއިން ޓީމުން ދަތުރު ފައްޓަވާފައި ވަނީ މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށެވެ. އެގޮތުން މިދަތުރުގައި ވ،މ،ފ އަދި ދ ގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ހަވީރު ޑރ މުއިއްޒުގެ ޓީމުން ވަނީ ދ ކުޑަހުވަދޫ އަށް ވަޑައިގެންފައެވެ. މިރޭ ކުޑަހުވަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އެމަނިކުފާނުގެ މިދަތުރުގައި މާދަމާ ހެނދުނު ވަޑައިގަންނަވާނީ މާއެނބޫދޫ، ހުޅުދެލި އަދި މީދޫ އަށެވެ.
އަދި މާދަމާ ހަވީރު ފ ނިލަންދޫ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި މ ދިއްގަރު، މަޑުއްވަރީ، މުލައް، މުލި، ވ ކެޔޮދޫ، ފެލިދޫ އަދި ފުލިދޫއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު މާލެ ވަޑައިގަންނަވާނީ 19 ވަނަ ދުވަހުގެ ރެއެވެ.



