އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އާދިއްތަ ދުވަހުގެ ރޭ އިއުލާނު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޑރ މުއިއްޒުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު ތޮލާލް ވިދާޅުވީ ޑރ މުއިއްޒުގެ މެނިފެސްޓޯ އިއުލާނު ކުރުން އޮންނާނީ 20 އޮގަސްޓްވާ އާދިއްތަ ދުވަހުގެރޭ ހުޅުމާލެ ފޭސް ދެއެއްގައި ކަމަށެވެ.
އެގޮތުން މި ހަފުލާ ބާއްވާނީ އެ ރޭ ފޭސް ދެއެއްގެ އެއް ނަމްބަރު ބަސް ސްޓޮޕް ކުރިމަތީ އޮންނަ ހުސްބިމުގައި 20:30 ގައެވެ.



