Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހައްޖު ކޯޕަރޭޝަނުގެ ހާލަތު ރަނގަޅުކޮށް، 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހާލަތު ބަދަލުކޮށް ފަސް އަހަރު ދުވަހުގެތެރޭ 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވާދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއިި އޭނާގެ ސަރުކާރެއްގައި އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.
އެގޮތުން މިކަމަށް ކުޅަދާނަކަން ނެތް 1000 މީހުން ފަސް އަހަރަށް ބަހާލައިގެން ހައްޖަށް ފޮނުވުމުގެ ސިޔާސަތެއް އެކުލަވާލާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހިންގަނީ ރަނގަޅަށް ނޫން ކަމަށާއި އެ ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދާ އަގު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޑރ މުއިއްޒުގެ ވެރިކަމެއްގައި އެ ކޯޕަރޭޝަނަށް ވަރަށް ގިނަ ބޮޑެތި ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

“ހައްޖު ކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫން. ރައްޔިތުންނަކަށް މާ ބޮޑު ފައިދާއެއް ނުކުރޭ، ޙައްޖު ކޮމްޕެނީ ވަރުގަދަކުރުމާއެކު ފަސް އަހަރު ތެރޭ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވައިދޭނަން” މުއިއްޒު ވިދާޅުވިއެވެ.


އެކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް އުފައްދަވާ، އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އިސްލާމީ ވަރުގަދަ ޤައުމުތަކުގައި އުފައްދާފައިވާފަދައިން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޤާނޫނީ ގޮތުން ބާރު ލިބިގެން އުފައްދާ އިންސްޓިޓިއުޝަނެއް އުފައްދައި ޒަކާތު ފަންޑު ވަރުގަދަކޮށް، ޒަކާތު ފަންޑުން ޝަރީޢާ ހުއްދަ ކުރާ ކަންކަމަށް އިންވެސްޓްކޮށް ލިބޭ ފައިދާއިން ތަފާތު ކަންކަމާއި އެހީއަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހޭދަކޮށް އޭގެން ރައްޔިތުންނަށް މަންފާ ހޯދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ