ބިން ހިއްކުމާއި ގެދޮރު ބިނާ ކުރުމާއި ޒުވާނުންނަށް ފުރުސަތު އޮންނާނީ ރަށުގައި ޖާގަ އިތުރު ކުރެވިގެން ކަމަށާއި، ލޭންޑް ޔޫސް ޕްލޭން ހަދައިގެން ކެޔޮދޫ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކެޔޮދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ޖެހިފައިވާ ކަންކަމަށް އިސްކަން ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފަޅުތެރެއިން ހިއްކެން އޮތް މިންވަރު ބެލުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ގެންގޮސް ދެއްވާނެ ކަމުގެ ޔަގީން ކަން މުއިއްޒު ވަނީ ދެއްވައިފައެވެ.




މީގެ އިތުރުން ވ ތިނަދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން އޭނާ އަށް އިތުބާރު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އާބާދީ ގޮތުން ކުޑަވިޔަސް، ތޮއްޖެހިގެން ދިރިއުޅޭ ކަމުގައި ވިޔަސް، ރައްޔިތުންނަށް ފުރުސަތު ހޯދައި ދިނުމަކީ އަދުލުވެރިކަމެއް ކުރުމަށް އެޅޭނެ ބާރެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
އަދި އެއް ފަސް ކުރުމަކީ ރައްޔިތުން އެދޭ ނަމަ، ސަރުކާރުން އިޖާބަ ދޭން ޖެހޭ ކަންކަން ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.



