- Advertisement -ad image

ސެމްބެ އަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުގައި ހުސެއިން އައްޑޫ ސިޓީ އަށް ވަޑައިގަތުމުން އެސިޓީގެ އެތައް ބަޔަކު ނިކުމެ ވަނީ އޭނާއަށް މަރުޙަބާ ކިޔައިފައެވެ.
ޑރ މުޢިއްޒުގެ ރަނިންގމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން އައްޑޫ އަށް ވަޑައިގެން އެސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފައިވެއެވެ.
ހުސެއިން އައްޑޫ ސިޓީގައި ހުންނެވިއިރު ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޢިއްޒު ރޭ ވަނީ މާލެ އަތޮޅު ގުރައިދުއަށް ވަޑައިގެން އެރަށުގައި ބޭއްވުނު ކެމްޕޭނު ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އިންތިޚާބަށް 19 ދުވަހަށް ވެފައިވާއިރު ބައެއް ރަށްރަށުގައި ސިޔާސީ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވެއެވެ. އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލެއްވި ހުރިހާ ކެންޑިޑޭޓުންވެސް ދަނީ ވަރަށް ފޯރިއާއި ކެމްޕޭނު ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ