ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޑރ މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވީ މިއަދު ހަވީރު އެންމެ ފުރަތަމަ ޑރ މުއިއްޒު ވަޑައިގަންނަވާނީ ފޭދޫ އަށް ކަމަށެވެ. އަދި މިރޭ ހިތަދޫގައި ކެންޑިޑޭޓު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
މާދަމާ ޑރ މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މަރަދޫ ފޭދޫއަށެވެ. ދެން އެއަށްފަހު މަރަދޫ އަށް ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ހިތަދޫ، ހުޅުދޫ އަދި މީދޫއަށް ޑރ މުއިއްޒު ވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުއިއްޒު މީގެކުރިން ވަނީ ހއ، ހދ، ވ، މ، ފ، ދ އަތޮޅުގެ އަދި ކ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.



