- Advertisement -ad image

އެއާޕޯޓުން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓަރމިނަލް ކަފިހިހުރަސް ސަރަހައްދުން ކަމަށް ފުލުހުން ހާމަކުރެއެވެ.
އަދި މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށްކުރި މަސައްކަތުން މި ފައިސާތަކުގެ ވެރިފަރާތް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ވީމާ ފައިސާތަކުގެ ވެރިފަރާތުން، އެއާޕޯޓު ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓު ޕޮލިހަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ