- Advertisement -ad image

އައްޑޫސިޓީގެ ކުރިމަގަށްޓަކައި ނަތީޖާ ނެރެވޭނެ ތަސައްވުރެއް ގެންގުޅޭ ހަމައެކަނި ކެންޑިޑޭޓް ހުރީ ޕީޕީއެމް ޕީއެންސީގައި: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި އައްޑޫސިޓީގެ ކުރިމަގަށްޓަކައި ނަތީޖާ ނެރެވޭނެ ތަސައްވުރެއް ގެންގުޅޭ ހަމައެކަނި ކެންޑިޑޭޓް ހުރީ ޕީޕީއެމް ޕީއެންސީގައި ކަމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއާއި ކުރިމަގަށްޓަކައި ރަނގަޅު ތަސައްވުރެއް ގެންގުޅެނީ ޕީޕީއެމް ޕީއެންސީން ކަމަށެވެ.
އައްޑޫ ސިޓީގެ ރައްޔިތުން އުޖާލާ ފާގަތި މުސްތަގުބަލަށްޓަކައި އަދި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ޕީޕީއެމް-ޕީއެންސީއާއެކު ކުރިޔަށް ދިޔުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.
“ އައްޑޫ ސިޓީގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެންނާއެކީ ކުރިޔަށް ވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް.” މުއިއްޒު ވިދާޅުވިއެވެ.
ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ކެމްޕެއިން ކުރުމަކީ ކޮންމެ ކެނޑިޑޭޓަކަށް އޮތް ހައްޤެއް ކަމަށާއި އެހެން ކެނޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސްއަޅާ އެންޓި ކެމްޕެއިންކޮށް އެމީހުން ކަންތައް ކުރާ ގޮތުގެ ވާހަކަ ދެއްކުުމަކީ ދުވަހަކުވެސް ނުކުރާނެ ކަމެއް ކަމަށެވެ.

އަދި ހަމައެއާއެކު އެ ކޯލިޝަނުން އަބަދުވެސް ބަލަނީ ރައްޔިތުންނަށް ޚިދުުމަތެއް ދެވޭނެ ގޮތްތައް ހޯދައި ކެމްޕެއިނަށް ލިބިފައި ކުޑަ ވަގުތުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭތޯ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ