- Advertisement -ad image

އައްޑޫ ސިޓީ ގަން އެއަރޕޯޓުން ޑރ މުއިއްޒަށް ހޫނު މަރުހަބާއެއް

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން ގަން އެއަރޕޯޓުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް އައްޑޫ ސިޓީގެ ރަށްތަކުގެ ގިނަ ރައްޔިތުންތަކެއް އެއަރޕޯޓަށް ގޮސްތިއްބެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުގެ ކުރިން އެއަރޕޯޓުގައި ހުންނަވައި ޑރ މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި އައްޑޫސިޓީގެ ކުރިމަގަށްޓަކައި ނަތީޖާ ނެރެވޭނެ ތަސައްވުރެއް ގެންގުޅޭ ހަމައެކަނި ކެންޑިޑޭޓް ހުރީ ޕީޕީއެމް ޕީއެންސީގައި ކަމަށެވެ.


އަދި އައްޑޫ ސިޓީގެ ރައްޔިތުން އުޖާލާ ފާގަތި މުސްތަގުބަލަށްޓަކައި އަދި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ޕީޕީއެމް-ޕީއެންސީއާއެކު ކުރިޔަށް ދިޔުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.

ޑރ. މުއިއްޒު އައްޑޫއަށް ވަޑައިގެންނެވިއިރު، މިއަދު ހަވީރު ފޭދޫ އަށް އަދި މިރޭ ހިތަދޫގައި ޖަލްސާއެއް ބާއްވާނެ އެވެ. އަދި މާދަމާވެސް އައްޑޫގެ ގުޅިފައިވާ ރަށްތަަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ