- Advertisement -ad image

6000 އެނދާއި، ސީ ޕްލޭން ހަބެއް އައްޑޫގައި ގާއިމުކުރާނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

6000 އެނދާއި ސީ ޕްލޭން ހަބެއް އައްޑޫ ސިޓީގައި ހަދާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް ޔާމީނުގެ ވެރިކަމުގައި އައްޑޫގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ.
އަދި ވެރިކަން ނިމުނުއިރު ވަރަށް ގިނަ މަސައްކަތް ފެށިފައި ހުރި ނަމަވެސް މި ފަސް އަހަރުގައި އައްޑޫގެ ތަރައްޤީ ފަހަތަށް ސޮއްސާލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.


“މި ޕްލޭންގެ ދަށުން ސަރުކާރުން އެ އިންވެސްޓްމެންޓުގައި ބައިވެރިވެ ދެމެހެއްޓެނިވި ގޮތެއްގައި ފީސަބަލް މަޝްރޫއެއްގެ ގޮތުގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއު ކުރިޔަށް ގެންގޮސް އިރާދަކުރެއްވިއްޔާ 6،000 އެނދުު މިސިޓީގައި ޤާއިމުކޮށް މިމަޝްރޫއު ރައްޔިތުންނަށްޓަކައި ކާމިޔާބުކަމާއެކީގައި ހާސިލްކޮށްދޭނަން.” މުއިއްޒު ވިދާޅުވިއެވެ.
މިމަޝްރޫއިން 10،000 ވަޒީފާ އުފެދިގެން ދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މަޝްރޫއެއް ހިންގުމުގެ ސަބަބުން މާލޭގައި އޮތް ސީ ޕްލޭންގެ މައި ހަބު ފަދަ ހަބެއް އައްޑޫ ސިޓީއަށް އަންނާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ފައިދާ އައްޑު އަތޮޅުގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށްވެސް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ