- Advertisement -ad image

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދިވެހި އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެގޮތުން ހޯދަމުން ދަނީ ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ އެވެ.
އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން، 2023 އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ