- Advertisement -ad image

ފުރުޞަތު ދެއްވައިފިނަމަ، ވިއްކާލައިގެން އުޅޭ ކަނޑުވެސް އިރާދަކުރެއްވިއްޔާ ހޯދާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވައިފިނަމަ، ވިއްކާލައިގެން އުޅޭ ކަނޑުވެސް އިރާދަކުރެއްވިއްޔާ ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހުޅުމީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، މަސްވެރިކަމަށް އެންމެ މުޙިންމު ކަމަކަށް ފެންނަނީ ރައީސް ޔާމީން އެރަށުގައި ބިނާކޮށްދެއްވާފައިވާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ބޮޑުކޮށް ފުޅާކޮށް ފެލިވަރުގައި ހުންނަ ގޮތަށް ވަރުގަދަ ކޭނިންގ ފެކްޓަރީއަކަށް އެތަން ބައްދަލުކުރުން ކަމަށެވެ. އިރާދަކުރެއްވިއްޔާ އެކަމުގެ އުފާވެރިކަން ތިޔަ ބޭފުޅުންނަށް ހޯދައިދީ އަދި ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.


“މިތާ ކައިރީ އޮތް ވިލިނގިލީ ރިސޯޓް، 2024 ވަނަ އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އަނބުރާ އޮޕަރޭޝަނަށް ގެނެސްދޭނަން” މުއިއްޒު ވިދާޅުވިއެވެ.
އަދި ޓޫރިޒަމާއި ގުޅިގެން އަންނަ ޑިމާންޑް ޙަޤީޤަތަކަށް ހެދުމަށްޓަކައި، އައްޑޫސިޓީގެ އެއަރޕޯޓް އިތުރަށް ފުޅާކޮށް، ވަރުގަދަކޮށް، ދުނިޔޭގެ ތަފާތު ޑެސްޓިނޭޝަންތަކަށް އުދުހޭ ތަނަކަށް އެތަން ބަދަލުކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިތިބީ ސާބިތުކަންމަތީ، ރައްޔިތުން އިތުބާރު ކުރައްވައިފިއްޔާ މިޤައުމުގެ މިނިވަންކަމާއި، ދިވެހި ބަހާއި، އިސްލާމްދީން، ދިވެހި ޤައުމިއްޔަތު، އިރާދަކުރެއްވިއްޔާ ހިމާޔަތްކޮށްދީ ފޯރުކޮށްދޭނަން ކުރިއަށް އޮތް މުސްތަޤްބަލަށް އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށްޓަކައި” މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ