- Advertisement -ad image

ޒުވާނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތުގެ ތެރޭގައި އެކުދީންނަށް ހެޔޮ ނަމޫނާ ނުފެނުންވޭ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ޒުވާނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އަހަރުމެންގެ ކިބައިން އެކުދީންނަށް ހެޔޮ ނަމޫނާ ނުފެނުންވާ ކަމަށާއި ރިވެތި ނަމޫނާއިން ތަރުބިއްޔަތު ދިނުމުގެ ހެޔޮކަން ނަސޭހަތުނަ ތަރުބިއްޔަތު ދިނުމަށްވުރެ އެތައް ގުނައެއް މޮޅު ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ “ ހެޔޮ ނަމޫނާގެ ބޭނުންތެރިކަން “ މިއެވެ.
އެގޮތުން ހުތުބާގައި ބުނީ އަހަރުމެންގެ ދަރީންނަކީ މާތް الله އަހަރުމެންނާއި ހަވާލުކޮށްފައިވާ އަމާނާތެކެވެ. އެމީހުންނަށް ލިބިގެންވާ ރިވެތި ނަމޫނާއަކަށް އަހަރުމެން ވާންޖެހޭނެއެވެ. ވެރީންނާއި، މައިންބަފައިންނާއި، މުދައްރިސުންނާއި މުރައްބީން ހެޔޮ ނަމޫނާއަކަށް ވެއްޖެނަމަ ގައުމުގެ ކުރިމަގު އުޖާލާވާނެއެވެ. ދުނިޔެއާއި އާހިރަތް ބާއްޖަވެރިވާނެއެވެ. ގޭތެރެއިން ދަރިންނަށް ހެޔޮ ނަމޫނާ ނުދައްކައިފިނަމަ އެމީހުން ވާނީ ހަލާކު ކުރަނިވި ހަތިޔާރަކަށެވެ. މުދައްރިސުންގެ ކިބައިން ހެޔޮ ނަމޫނާ ނުފެންނަ ނަމަ އެކުދީންނަށް ލިބޭނީ ފާސިދު ތަރުބިއްޔަތެކެވެ.
މީގެއިތުރުން ހުތުބާގައި ވަނީ ވިސްނާނުލާ އެއްވެސް ނަމޫނާއެއް ނަކަލު ނުކުރުމަށް ޒުވާނުންނަށް ނަސޭހަތްތެރިވެ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ