މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ކުރެއްވާކަން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ އަނާރާ ނައީމުގެ ހާމަކުރައްވައިފިއެވެ.
ޑރ މުއިއްޒުއަށް ތާއީދު ކުރައްވާ ކުރެއްވި ޓުވީޓެއްގައި އަނާރާ ވިދާޅުވީ ދިވެހިންނަށް ފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ކަމަށެވެ.
އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ޑރ މުއިއްޒު ދެއްވި ކަމަށް އަނާރާ ވިދާޅުވިއެވެ.
ޑރ މުއިއްޒުއަށް ތާއީދު ކުރައްވާކަން އިލްމީ ތަޖުރިބާހުރި ގިނަ ފަރާތްތަކަކުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.



