- Advertisement -ad image

ޑރ މުއިއްޒު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަނީ

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޑރ މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހަވީރު ޑރ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެން އަދި މިރޭ އެ ސިޓީގައި ޑރ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
އާދިއްތަ ދުވަހު ޑރ މުއިއްޒު ވަޑައިގަންނަވާނީ ގދ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ހެނދުނު އެންމެ ފުރަތަމަ ގައްދޫއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު މަޑަވެލި، ހޯޑެއްދޫ އަދި ތިނަދޫ އަށް ޑރ މުއިއްޒު ޒިޔާރަތް ކުރައްވާނެއެވެ. އަދި ތިނަދޫގައި އާދިއްތަ ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖެހިފައިވެއެވެ.
ހޯމަ ދުވަހު ޑރ މުއިއްޒު ވަޑައިގަންނަވާނީ ގއ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ގއ ގެމަނަފުށި، ދާންދޫ އަދި ވިލިނގިއްޔަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. އަދި ހޯމަދުވަހުގެރޭ ވިލިނގިލީގައި ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.
މީގެ ކުރިން ޑރ މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ، ށ، ނ، މ، ފ، ދ، ވ، ހއ، ހދ އަދި ކ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ