- Advertisement -ad image

ހުޅުމާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޮގަސްޓް 26 ވަނަ ދުވަހުގެ 01:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ މުޙައްމަދު ތަޢުފީޤު (35އ) އެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ