އެކަނިވެރި މައިންނާ ބަފައިންނަށް ދަރިން ބެލެހެއްޓުމަށްދޭ އެލަވަންސް، 4 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށްދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްދޭން ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މިހާރު ދޭ އެލަވަންސުން އެއްވެސް ކަމެއް އެކަށޭނެ ވަރަކަށް ނުކުރެވޭ ކަމަށެވެ.
“ އެކަމަކު ގެޕެއް އިންނާނެ އެ އެލަވަންސް 4 ކުދިންނާއި ހަމައިން 12000 ރުފިޔާއަށް ދޭ ގޮތަށް. ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން އެލަވަންސް ދޭނީ “ ޑރ މުއިއްޒު ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން އެފަދަ މައިންނާއި ބަފައިންނަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށް ގަބޡުލުކުރެއްވޭ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މިހުރިހާކަމެއް ހާސިލް ކުރުމަށްޓަކައި ވިސްނުން އެއްގޮތް ކުރާ ބަޔަކަށް މިއަދު އަޅުގަނޑުމެން ވާންޖެހޭ ކަމަށާ އެކަން ކުރުމަށް ފުރުސަތު ދެއްވުމަށް ޑރ މުއިއްޒު އެދުވަޑައިގަތެވެ.



