އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު މިއަދު ގއ ދެއްވަދޫއަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނިކުމެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި މިއަދު ޑރ މުއިއްޒު ގއ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ. އެގޮތުން މިއަދު ހެދުނު އެންމެ ފުރަތަމަ މުއިއްޒުގެ ޓީމުން ވަޑައިގަތީ ގއ ދެއްވަދޫ އަށެވެ. ދެއްވަދޫ ރައްޔިތުން ބުނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެރަށުން ތަފާތު ބޮޑުކޮށް ޑރ މުއިއްޒުއަށް މެޖޯރިޓީ ހޯދައިދޭނެ ކަމަށެވެ.




މިއަދު ދެން ޑރ މުއިއްޒު ވަޑައިގަތީ ގެމަނަފުއްޓަށެވެ. ގެމަނަފުށިންވެސް ޑރ މުއިއްޒުއަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ބަނދަރަށް ނިކުމެފައިވެއެވެ.




ޑރ މުއިއްޒުގެ މިދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ގއ ދާންދޫ އަށެވެ. އެއަށްފަހު ހަވީރު ވިލިގިއްޔަށް ވަޑައިގެން މިރޭ ވިލިގިނލީގައި ހާއްސަ ޖަލްސާއެއް ބާއްވާނެއެވެ.



