- Advertisement -ad image

ޕީއެސްއެމްގެ ބަހުސްގައި ބައިވެރިނުވާން ރައީސް ސާލިހު މޮޅު މަކަރެއް ހައްދަވައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕީއެސްއެމުން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކުރުމަށްފަހު ހަމަ އެރޭ އެގަޑީގައި އެމްޑީޕީގެ ޖަލްސާއެއް މާލޭގައި ބާއްވަން ނިންމައިފިއެވެ.
ޕީއެސްއެމްގެ ބަހުސް ބާއްވާ ގޮތަށް އިއުލާންކޮށްފައިވަނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ރޭ 9 އަކުން 11 އަށެވެ.
މިއަދު އެމްޑީޕީން އިއުލާނުކޮށްފައިވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ރޭ 20:30 ގައި “އުފާވެރި މާލެ” މިނަމުގައި ކާނިވަލުގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.


މި ޖަލްސާގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ޕީއެސްއެމްގެ ބަހުސްގައި ރައީސް ސާލިހު ބައިވެރިވެވަޑައިނުގަންވާނެ ކަމަށް ގަބޫލުކުރެވެއެވެ. އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމުން މީގެ ކުރިން ތަރުޖަމާނު މާރިޔާ ވިދާޅުވެފައިވަނީ ރައީސް ސާލިހު ޕީއެސްއެމްގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ސަންގު ޓީވީން އިންތިޒާމުކުރާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައިވެސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އަންގާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސާލިހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ