ގއ ވިލިނގިއްޔަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނިކުމެއްޖެއެވެ.
އެގޮތުން އެއްވެ ތިބި މީހުން ގޮވަމުން ދިޔައީ މިފަހަރު މުއިއްޒު ހޮވުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އެއްވެ ތިބި މީހުން ހުއްޓާނުލާ ގޮވަމުންދިޔައީ އެއްބުރުން މުއިއްޒު ހޮވުމަށް ކެންޑިޑޭޓު ނަމްބަރު ހަތަރަކަށް ވޯޓު ދިނުމަށެވެ.
އެ ރަށުގެ ގިނަ ބަޔަކު ބުނީ ހުވަދު އަތޮޅުގައި ޕީޕީއެމްގެ ވަރުގަދަ ކިއްލާއަކީ ވިލިނގިލި ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި އަތޮޅުގެ ޕީޕީއެމް ކިއްލާއަކީ މިރަށްކަން ސާބިތުކޮށްދީ ބޮޑު އަޣުލަބިއްޔަތެއް ޑރ.މުޢިއްޒަށް ކަށަވަރުކޮށްދޭނެކަމުގައިވެސް އެމީހުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިހާރު މުއިއްޒު ގެންދަވަނީ ގއ އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން މިއަދު މުއިއްޒު ވަނީ ގެމަނަފުށި، މާމެންދޫ، ނިލަންދޫ، ދާންދޫ، ކޮލަމާފުށި އަދި ކަނޑުހުޅުދޫ އަށް ވެސް ވަޑައިގެންފިއެވެ.
މިރޭ ވިލިގިނލީގައި ޑރ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއްވެސް އޮންނާނެއެވެ.



