- Advertisement -ad image

މީދޫ އަދި މަޑުއްވަރީ ރައްޔިތުންވެސް ބުނީ މިއިންތިހާބުން ބޮޑު ތަފާތެއް ދައްކާނެ ކަމަށް

ad image

ގުޅުންހުރި ލިޔުންތައް

ރ މީދޫ އަދި މަޑުއްވަރީގެ ރައްޔިތުންވެސް ބުނީ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތެއް ދައްކާ ޑރ މުހައްމަދު މުއިއްޒަށް ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ރ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ޑރ މުއިއްޒު ވަނީ މަޑުއްވަރީ އަދި މީދޫ އަށް ވަޑައިގެންފައެވެ.
މޫސުން ގޯސް ނަމަވެސް މުއިއްޒު ރަށަށް އަރާވަޑައިގެންނެވިއިރު ސަލާމްކުރުމަށް ދިގު ސަފެއް ހަދާފައި އޮތް އިރު ވަރަށް ފޯރީގައި ނަށައި އުފާ ފާޅުކުރަމުންދިޔަ އެވެ. އެއްވެތިބި އެންމެން ވެސް ތިބީ ވަރަށް ގިނަ އުއްމީދުތަކާ އެކު އެވެ.
މަޑުއްވަރީގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެންފި ނަމަ، އެ ރަށުގެ ބިން ހިއްކައި ގެދޮރުވެރިކޮށް ދެއްވާނެ ކަމަށެވެ.


އަދި ރިޔާސީ އިންތިހާބަށް ބާކީ އޮތް 10 ވަރަކަށް ދުވަސް ތެރޭގައި ޖޯޝާއި ފޯރިގައި މަސައްކަތް ކުރުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ. އަދި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރުމުގައި ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން މީދޫއަށް މުއިއްޒު ވަޑައިގެންނެވިއިރު ބަނދަރުން ފެށިގެން ރަށުގެ މެދުތެރެއާ ހަމައަށް ދިގު ސަފެއް ހަދާލާފައި އޮތެވެ. ކުދިބޮޑު ގިނަ ބަޔަކު އެއްވެ ތިބީ، މުއިއްޒަށް މަރުހަބާ ދަންނަވަން ތައްޔާރުވެގެންނެވެ.


މަޑުއްވަރީގައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރަށުގެ ރައްޔިތުން ކީ މަރުހަބާ އަށް ޝުކުރު ދަންނަވައިފައެވެ. އަދި ރަށުގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި ފުރިހަމަ އިޖާބައެއް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ