ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރ އަތޮޅު ދުވާފަރުގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެވަޑައިގެންފިއެވެ.
އެގޮތުން ދުވާފަރުގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވިދާޅުވީ ދުވާފަރު ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ގެދޮރުވެރިކަމަށް ބޭނުންވެފައި ތިބި ދުވާފަރުގެ ރައްޔިތުންގެ އެ ހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށުގައި ރޯހައުސް ނުވަތަ ފްލެޓު އަޅައި ދިނުމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ. އަދި ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ދުވާފަރުގައިވެސް އަޅައި ދޭނެ ކަމަށާއި ތައުލީމީ ނިޒާމު ރަނގަޅުކޮށް، ޓީޗަރުންނާއި ވަސީލަތްތައް އިތުރު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި އެހެން ރަށްރަށުގެ ކުދިންނަށް އައިސް ދުވާފަރުގައި ކިޔަވަން ތިބެވޭނެ މަގުފަހި ކޮށްދިނުމަށް އެކޮމޮޑޭޝަން ދަނާލަކާ ބޭއްކުގެ ބްރާންޗެއް ގާއިމުކޮށް ދިނުމަށް ޑރ މުއިއްޒު ވައުދުވެވަޑައިގަތެވެ.
“އޭ.ޓީ.އެމް އެއް އަކަނި މި ރަށަކަށް ނުފެދޭ. އެހެންކަމުން ދުވާފަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.



